އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް، ސަޢުދީގެ ފޮރިންމިނިސްޓަރުގެ އަރިހުގައި

ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް އާ ޑރ. ޝަހީމް ބައްދަލުކުރައްވައިފިި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްދާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު)ގެ އަރިމަތީގައި ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ ބައްދަލުވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ. އަދި  މި ބައްދަލުވުމުގައ،ި އިއްޒަތްތެރި ރައީސް ޑރ މުއިއްޒުގެ ތަޞައްވުރު ޙިއްސާކުރެވުނުކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.

އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ