ޑީ8ގެ އިއްތިހާދުން ވަނީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި، ޣައްޒާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުކުރުމަށް ގޮވާލާފަ.

ޑީ-8ގެ ގައުމުތަކުން އިސްރާއީލަށް ޕްރެޝަރު ކުރުމަށް ދުނިޔެއަށް ގޮވާލައިފި

އިސްތަންބޫލް ( 8 ޖޫން 2024): ޑީ-8 ގެ ގައުމުތަކުގެ އިއްތިހާދުން ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާއްމު ވަގުތުން ހުއްޓުވުމަށާއި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، އިސްރާއީލަށް ބައިނަލްއަގުވާމީ ގޮތުން ފިއްތުންތަން ކުރިމަތިކުރުމަށް ދުނިޔެއަށް ގޮވާލައިފިއެވެ.

ޑީ-8 ގެ އިއްތިހާދަކީ، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތެކެވެ. ޑީ-8 ގެ މެންބަރު ގައުމުތަކުގައި ހިމެނެނީ ބަންގްލަދޭޝް، މިސްރު، އިންޑޮނޭޝިއާ، އީރާން، މެލޭޝިއާ، ނައިޖީރިއާ، ޕާކިސްތާން އަދި ތުރުކީ އެވެ. ޑީ-8، އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަންގެ މަގުސަދުތަކަކީ ދުނިޔޭގެ އިގްތިސާދުގައި މެމްބަރު ގައުމުތަކުގެ މަގާމު ރަނގަޅުކުރުމެވެ. ސިންދަފާތު ވިޔަފާރީގެ ގުޅުންތަކުގައި އާ ފުރުސަތުތައް އުފެއްދުމާއި، ބައިނަލްއަގްވާމީ ފެންވަރުގައި ނިންމާ ނިންމުންތައް ނިންމުމުގައި ބައިވެރިވުން އިތުރުކުރުމާއި، މެންބަރު ގައުމުތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމެވެ.

އިސްތަންބޫލްގައި ބޭއްވި ޚާރިޖީ ވަޒީރުން ގްރޫޕް ބައްދަލުވުމުގައި ވަނީ ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި، އެމެރިކާއަށް ދީފައިވާ ވީޓޯ ބާރު އުވާލުމަށާއި، އިސްރާއީލަށް "ޑިޕްލޮމެޓިކް، ސިޔާސީ، އިޤްތިޞާދީ އަދި ޤާނޫނީ ޕްރެޝަރު" ކުރުމަށް ހުރިހާ ޤައުމުތަކަށް ގޮވާލައްވާފައެވެ.

އަދި ބައިނަލްއަގްވާމީ ޖިނާއީ  ކޯޓްގެ ނިންމުންތަކަށް އިސްރާއީލުން ތަބާވެ، ދެކުނުގެ ރަފާހްގައި އިސްރާއީލުން ހިފާފައިވާ ބިންތަކުން ފައިބެ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، ރައްކާތެރިކަމާއެކު ޣައްޒާއަށް ވަނުމުގެ ޔަގީންކަން ދިނުމަށް ވެސް އެ ގައުމުތަކުން ވަނީ ދައުލަތްތަކަށް ގޮވާލާފަ އެވެ.

"މިހާރު ހިންގަމުން ގެންދާ ހަނގުރާމާގެ ޖަރީމާތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ޖަރީމާތައް" ކުށްވެރިކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގައި އިސްރާއީލާ ދެކޮޅަށް ހިންގާ ގާނޫނީ މަރުހަލާތަކުގައި ބައިވެރިވުމަށް ޑީ-8 ގެ ޖަމާޢަތުން ގައުމުތަކަށް ވަނީ ގޮވާލާފަ އެވެ. އަދި އިސްރާއީލަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުން ހުއްޓާލުމަށާއި ފަލަސްތީނުގެ އާންމުން ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް އެ އަށް ގައުމުން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ހަނގުރާމާގައި އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު  ފޭބުމަށާއި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށްގޮތުގައި ކަނޑައަޅައި، ފަލަސްތީނުގެ ބިންތަކުގައި ގަވާޢިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިވާ، ވަޒަންވެރިވުން ނިމުމަކަށް ގެނައުމުގެ މައްޗަށް މި ބައްދަލުވުމުގައި ވަކާލާތު ކުރި އެވެ.

ޣައްޒާހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއެއްގައި 1،194 މީހުން މަރުވުމާގުޅިގެންނެވެ. އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އިސްރާއީލުގެ ރަސްމީ ތަފާސް ހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ހަމާސް އާއި ފަލަސްތީނުގެ އިސްލާމިކު ޖިހާދުން އިސްރާއީލުގެ 251 މީހުން ރަހީނުކޮށްފައިވެއެވެ. އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި އޭގެ ތެރެއިން 116 މީހުން ޣައްޒާގައި އެބަތިބި ކަމަށާއި 41 މީހުން ވަނީ މަރުވެފައެވެ.

މިހަމަލާގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ދިން އަސްކަރީ ހަމަލާތަކުގައި ޣައްޒާގެ 36،801 މީހުން މަރުވެފައިވާ ކަމަށް، ފަލަސްތީނުގައި ހަމާސް އިން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ތެރޭގައި ގިނައީ އާންމުންނާއި ކުޑަކުދިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ