ބުއްދިވެރިއަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކުރާ މީހާ: ހުކުރު ޚުޠުބާ

ބުއްދިވެރި މީހަކީ ތިމާގެ ނަފުސު ހިސާބުކޮށް އަމަލުތައް ވަޒަންކޮށް އަންނަން އޮތް ދުވަހަށް ތައްޔާރުވާ މީހާ ކަމަށް މިއަދުގެ ހުކުރުު ޚުޠުބާގައި ވިދާޅުވެއްޖެއެވެ

ރާއްޖޭގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ޚުޠުބާގައި ޤިޔާމަތް ދުވަހާއި އެ ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމާ ބެހޭގޮތުން މުހިންމު މެސެޖުތަކެއް ދެއްވާފައިވެއެވެ.

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ހާމަކުރައްވައި އެ ދުވަހުގެ ދިގުމިނަކީ 50,000 އަހަރާ އެއްވަރުވާނެ ދުވަހެއް ކަމަށާއިި، އިރު މީސްތަކުންނާ ވަރަށް ކައިރިވެ، ގަދަ ހޫނުގައި ތިބެންޖެހޭނެ ކަން ފާހަގަކުރެއްވިއެވެ. އަދި އެދުވަހު މީސްތަކުން އެމީހުންގެ ލޯބިވާ މީހުންނާއި މުދަލުން ދުރުވާނެ ކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ހެޔޮ ޢަމަލުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ޒުވާން އުމުރުގައި ހެޔޮ ޢަމަލުތައް ކުރުމަށް އިސްކަންދިނުމަށް ގޮވައިލެއްވިއެވެ. ކުދި ޢަމަލުތައް ވެސް ވަޒަންކުރެވޭނެ ކަން ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރު،ން، ޚުޠުބާގައި ވަނީ މުޖުތަމަޢުގެ މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ދަށްވެފައިވެފައިވާ ކަމަށާއި، މީސްމީޑިއާގައި ޣީބަ ބުނުމާއި އަބުރު ކަތިލުން އާންމުވެފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އެހެންވެ، ތިމާގެ ނަފްސު ހިސާބުކޮށް، ޢަމަލުތައް ވަޒަންކުރުމަށާއި، އާޚިރަތަށް ތައްޔާރުވުމަށާއި މީސްތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ޚުޠުބާގައި ނަސޭޙަތް ދެއްވިއެވެ.

ޚުޠުބާގައި ޤުރުއާނާއި ޙަދީޘްތަކުން ހެކިދައްކަވައި، މުސްލިމުން އާޚިރަތަށް ތައްޔާރުވުމުގެ މުހިންމުކަން އަދި ދުނިޔޭގައި ހެޔޮ ޢަމަލުތައް ކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވާފައިވެއެވެ. އަދި މުޖުތަމަޢުގައި މިހާރު ފެތުރެމުންދާ ބައެއް ނޭދެވޭ އާދަތަކާ މެދު ސަމާލުކަން ދެއްވައި، އެފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ