ފެންފުށި ޓީމު ތަށި އުފުލާލަނީ / ފޮޓޯ : އ.ދ އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖު

ޗެމްޕިއަންކަން ހޯދީ ފެންފުށި

އަރިއަތޮޅު ދެކުނުބުރީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ " ސައުތު އަރި އެޓޯލް ފިއެސްޓާ 2025 " ގައި ހިމެނޭ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެ އެތޮޅު ފެންފުށީ ވޮލީޓީމު ހޯދައިފިއެވެ. ފެންފުށީގައި މި ޖުލައި މަހު 19 ގައި ފެށި މި މުބާރާތުގައި އދ އަތޮޅުގެ 8 ރަށަކުން ބައިވެރިވިއެވެ. އެއީ ކުނބުުރުދޫ ، މަހިބަދޫ ، މަންދޫ ، ދަނގެތި ، ދިގުރަށް ، ފެންފުށި ، ދިއްދޫ އަދި މާމިނގިއްޔެވެ.

ރޭގައި ފެންފުށީ ވޮލީކޯޓްގައި ކުޅުނު ފައިނަލް މެޗުގައި ފެންފުށީ ވޮލީޓީމު މޮޅުވީ ދަނގެތި ވޮލީޓީމާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. ރާއްޖޭގެ ޤައުމީ ބީޗް ވޮލީޓީމުގެ ދެވަނަ ޕެއަރ ޑަންޒޯ އާއި ކޮކޭ އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލް ބެލެހެއްޓި މުޙައްމަދު ފައިސަލް ވެސް ހިމެނޭ ފެންފުށީ ވޮލީޓީމުގެ ސެޓްތައް ގެންދިޔައީ 28-26 ، 25-23 އަދި 25-19 އިންނެވެ. ދަނގެތި ޓީމުގެ ސެޓް ގެންދިޔައީ 25-23 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެންފުށީ ޓީމުގެ އަޙްމަދު މުޙައްމަދު ( ކޮކޭ )އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަންވެސް ހޯދީ ފެންފުށްޓެވެ.

މުބާރާތުގެ ޑްރީމް ޓީމް

އަޙްމަދު މުޙައްމަދު ( ކޮކޭ ) ( ފެންފުށި )

މުޙައްމަދު ޢަލީ ( ޑަންޒޯ ) ( ފެންފުށި )

ޢަބްދުﷲ މިހާދު ( ދަނގެތި )

މުޙައްމަދު ޝާމީން ( ދަނގެތި )

ލުޤްމާން ލަތީފް ( ފެންފުށި )

ބެސްޓް ލިބަރޯ މުޙައްމަދު ޔޫސުފް( ދިއްދޫ )

މުޙައްމަދު އިކްރާމް ރަޝީދު ( ކުނބުރުދޫ )

އިބްރާހީމް ޝާން ( ކަނޑޫމާ )

ބެސްޓް ކޯޗް ސުސިރި މަންގަލަކުމާރް ( ފެންފުށި)

އުއްމީދީ ކުޅުންތެރިޔާ ޢަލީ އަދްހަމް އަޙްމަދު އާދަމް( ކުނބުރުދޫ)

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޢަލީ ( ޑަންޒޯ ) ( ފެންފުށި )

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ