ސެމެންޔޯގެ ބަދަލުވުން ގާތީ މެންޗެސްޓަރ ސިޓީއަށް

ބޯންމައުތުގެ ފޯވާޑް އެންޓޮއިން ސެމެންޔޯ އެންމެ ބޭނުންވަނީ ޖެނުއަރީ މަހު މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށެވެ.

ސެމެންޔޯ، ޕެޕް ގާޑިއޯލާގެ ޓީމާ ގުޅެން ބޭނުންވާ މައިގަނޑު ސަބަބަކީ ޕްރިމިއާލީގުގެ ތަށި ހޯދުމަށް އޭނާ ކުރާ އުންމީދެވެ.

ޖެނުއަރީ ޓްރާންސްފަރ ވިންޑޯ ހުޅުވުމަށް އަދި ހަފުތާއެއް އޮތުމާއެކު، މިހާތަނަށް ރަސްމީ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ.

ދި އެތުލެޓިކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 25 އަހަރުގެ ސެމެންޔޯއާ ގުޅޭގޮތުން ކުރިން މައުލޫމާތު ސާފުކުރުމަށްފަހު، އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ޗެލްސީން ވަނީ ނިންމާފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ވެސް މި ފޯވާޑް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޖެނުއަރީގައި މި ޓްރާންސްފަރ ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވުމާއި، އެ ކްލަބުން ބޭނުންވަނީ ހަމައެކަނި އެ ކްލަބާ ގުޅެން ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިން ގެނައުމަށެވެ. މި ނިންމުމަކީ ރޫބެން އަމޮރިމްގެ ސިސްޓަމާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި ޔުނައިޓެޑުން ދުވަހަކުވެސް ސެމެންޔޯ ވިންގް-ބެކަކަށް ކުޅުވަން ރާވާފައެއް ނުވެއެވެ.

ޓޮޓެންހަމް ހޮޓްސްޕަރއިން މިދިޔަ ހޫނު މޫސުމުގައި މި ފޯވާޑް ހޯދުމަށް ބަލާފައިވާއިރު، ޑިސެމްބަރު މަހު ދި އެތުލެޓިކްގެ ޓްރާންސްފަރ ޑީލްޝީޓުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާއަކީ ލިވަޕޫލުން ވެސް ގަޔާވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ސެމެންޔޯ އަންނަނީ 2025-26 ގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ޕްރިމިއަރ ލީގުގައި ކުޅުނު 16 މެޗުގައި އަށް ގޯލު ޖަހައި، ތިން އެސިސްޓް ދީފައެވެ.

ނޮވެމްބަރު 17 ގައި ދި އެތުލެޓިކުން ހާމަކޮށްފައިވާ ގޮތުގައި، ބޯންމައުތާއެކު 2030 ގެ ނިޔަލަށް އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި، ޖެނުއަރީ މަހު 65 މިލިއަން ޕައުންޑް ދައްކައިފިނަމަ ކްލަބް ދޫކޮށް ދެވޭނެ ފަދަ (ރިލީޒް ކްލޯޒް) މާއްދާއެއް ހިމެނެއެވެ.

ޖެނުއަރީ 2023 ގައި ޗެމްޕިއަންޝިޕްގެ ބްރިސްޓަލް ސިޓީން ބޯންމައުތާ ގުޅުނު ފަހުން ސެމެންޔޯ ވަނީ އެ ޓީމަށް 106 މެޗު ކުޅެދީ، 30 ގޯލު ޖަހައި 13 އެސިސްޓް ހޯދައިދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ