ޢިބުރަތްތެރި ވާހަކަ: ދަހިވެތިކަމުގެ ނިމުން

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ރަށެއްގައި އަޙްމަދާއި އޭނާގެ ބޭބެ ޤާސިމް ދިރިއުޅެމުން ދިޔައެވެ. ޤާސިމަކީ ލޮލަށް ނުފެންނަ ނިކަމެތި މީހެކެވެ. އެމީހުންގެ ބައްޕަ ނިޔާވުމުން، ބައްޕަގެ ފަރާތުން ގޯތިގެދޮރާއި މުދާ މި ދެބޭންނަށް ވާރުތަވިއެވެ. ނަމަވެސް އަޙްމަދުގެ އަންހެނުން ޒުލޭޚާގެ ހިތުގައި އުފެދުނު ދަހިވެތިކަމެއްގެ ސަބަބުން، ޤާސިމަށް ލިބުނު ބައިވެސް އަތުލައިގަތުމަށް އޭނާ ރޭވުންތައް ރާވަން ފެށިއެވެ.

ޒުލޭޚާގެ ބަހަށް ހެއްލި، އަޙްމަދު ނިންމީ ޤާސިމް ގޮވައިގެން ދުރު ފަޅު ރަށަކަށް ދަތުރު ގޮސް، އޭނާ އެ ރަށަށް ދޫކޮށްލުމަށެވެ. އެއަށްފަހު އެނބުރި އައިސް ޤާސިމް ގެއްލުނީ ކަމަށް ބުނެ މުޅި މިލްކިއްޔާތު އަމިއްލަ ކުރުމަށެވެ. މި ނުބައި ނިޔަތުގައި ދެބޭން ކަނޑުމައްޗަށް ނުކުތެވެ. ނަމަވެސް، ދަތުރުގެ މެދުތެރެއިން ކުއްލިއަކަށް އައި ނަގޫރޯޅިއެއްގައި ޖެހި، އަޙްމަދު ކަނޑަށް ވެއްޓި މަރުވިއެވެ. ލޯފަން ޤާސިމް އޮޑީގައި އޮއްވައި، އޮޑި އޮޔާ ގޮސް ލެއްގީ އެމީހުންގެ އަމިއްލަ ރަށުގެ ފަޅަށެވެ.

ރަށު މީހުން ޤާސިމް ސަލާމަތްކޮށްގެން ގެއަށް ގެނައިއިރު، އަޙްމަދު މަރުވި ޚަބަރު ލިބުމުން ޒުލޭޚާއަށް ލިބުނު ބޮޑު ސިހުމާއި ހިތާމައިގައި، އޭނާގެ މެޔަށް ތަދެއް އަރައި އެތަނަށް މަރުވެގެން ވެއްޓުނެވެ. އެހެން މީހެއްގެ މުދަލަށް ދަހިވެތިވެ، އަމިއްލަ ބޭބެއަށް މަކަރު ހަދަން އުޅުމުގެ ނަތީޖާ އައީ ވަރަށްވެސް ހިތްދަތިކޮށެވެ. އެންމެ ފަހުން، ބައްޕަގެ މުޅި މިލްކިއްޔާތާއި މުދާ ލިބުނީ އެއްވެސް ކުށެއްނެތް، އިޚްލާޞްތެރި ޤާސިމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ