ދިއްލީގައި ހުރި ޝާހްރުކް ޚާންގެ އާއިލީ ގެ 37 ކްރޯޑް ރުޕީސްއަށް އޭނާ އެއްކޮށް ގަނެފި

ދިއްލީގައި ހުރި ޝާހްރުކް ޚާންގެ އާއިލީ ގެ 37 ކްރޯޑް ރުޕީސްއަށް އޭނާ އެއްކޮށް ގަނެފިއެވެ.

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ވަނީ ދިއްލީގެ އަގުބޮޑު ސަރަހައްދެއް ކަމަށްވާ ޕަންޗްޝީލް ޕާކުގައި ހުރި އޭނާގެ ކުރީގެ އާއިލީ ގޭގެ ބާކީ ބައި 37 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 4.4 މިލިއަން ޑޮލަރު) އަށް ގަނެ، އެ ގޭގެ ފުރިހަމަ މިލްކުވެރިކަން ހޯދާފައެވެ. މިއީ ޝާހްރުކް ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާއާއި އަންހެނުން ގޯރީ ޚާން ދިރިއުޅުނު، އާއިލީ ގޮތުން ވަރަށް ބޮޑު ގުޅުމެއް އޮތް ގެއެކެވެ.

މި ގޭގެ ބޭސްމަންޓާއި ގްރައުންޑް ފްލޯ ކުރިންވެސް އޮތީ ޝާހްރުކްގެ އާއިލާގެ މިލްކުވެރިކަމުގެ ދަށުގައެވެ. ނަމަވެސް، އަލަށް ގަތް ދެވަނަ އަދި ތިންވަނަ ފްލޯއާއެކު މިހާރު މުޅި އިމާރާތް އެއްކޮށް ވަނީ ޚާން ފެމިލީގެ ދަށަށް ބަދަލުވެފައެވެ. 10,800 އަކަފޫޓުގެ މި ބޮޑު ގޭގެ މުއާމަލާތަކީ ފަހަކަށް އައިސް ދިއްލީގައި ހިންގި އެންމެ އަގުބޮޑު ސެލެބްރިޓީ ރިއަލް އެސްޓޭޓް ވިޔަފާރިއެވެ.

މި އިންވެސްޓްމަންޓުގެ އިތުރުން، ޝާހްރުކް ޚާން އަންނަނީ އޭނާގެ ފިލްމު އުފައްދާ ކުންފުންޏާއި، 'D’YAVOL' ބްރޭންޑްގެ ދަށުން އަންނައުނާއި ޕްރީމިއަމް ވިސްކީގެ ވިޔަފާރި ފުޅާކޮށް، އިންޑިއާގެ އެންމެ ނުފޫޒުގަދަ ސެލެބްރިޓީ ވިޔަފާރިވެރިޔާގެ ގޮތުގައި ފައިތިލަ ހަމަކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ