ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުފަހިކުރާ ޚާއްޞަ ބިލެއް އީރާނުގެ ބަރުލަމާނަށް (މަޖިލީހަށް) ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހާމަކުރައްވައިފިއެވެ.
އީރާނު ބަރުލަމާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ޢަޒީޒީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ޑްރޯންތަކެއް ވައްޓާލި ވަގުތާ ދިމާކޮށް "ސްޓްރެޓީޖިކް އެކްޝަން ފޯ ދަ ސެކިއުރިޓީ އެންޑް ސަސްޓެއިނަބަލް ޕްރޮގްރެސް އޮފް ދަ ސްޓްރެއިޓް އޮފް ހުރްމުޒް އެންޑް ދަ ޕާރޝިއަން ގަލްފް" ގެ ނަމުގައިވާ ބިލު ރޭގެ ވަގުތެއްގައި މަޖިލީހަށް ތަޢާރަފްކޮށްފައިވާ ކަމަށެވެ.
ޢަޒީޒީ އިތުރަށް ވިދާޅުވީ، އެ ކަނޑުއޮޅި ބެލެހެއްޓުމާއި މެނޭޖުކުރުމުގައި އީރާނުން ކަނޑައަޅާފައިވާ "ރަތް ރޮނގުތައް" ދިފާޢުކުރުމުގައި ތެހްރާން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.


