ނައިވާދޫ ބަނދަރުގެ %50 މަސައްކަތް ނިމިއްޖެ, ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ނައިވާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %50 މަސައްކަތް ނިމިއްޖެ؛ މި މަޝްރޫޢު ކުރިއަށްދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެން 

ހދ. ނައިވާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޖެޓީގެ ތަނބުތައް ކޮންކްރީޓްކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް އެއްގަމު ތޮށީގެ މަސައްކަތާއި، އައު ބަނދަރު ފުންކުރުމުގެ އިތުރުން، ރޭންޕާއި ބަލިމީހުން އަރާފޭބުމަށް ޚާއްސަ ޕްލެޓްފޯމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. މުޅި މަޝްރޫޢުގެ ދަށުން 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 290 މީޓަރުގެ ބޭރު ތޮށި ލުމުގެ އިތުރުން ބަނދަރު ބައްތިއާއި ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ނާއިވާދޫ ބަނދަރުގެ މި މަޝްރޫޢަކީ 51.3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން ރަށްރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ހިންގާ މިފަދަ މަޝްރޫޢުތައް ނިމުމުން، ރަށްރަށަށް އަރާފޭބުމުގައްޔާއި ވިޔަފާރީގެ ދާއިރާއިން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ