މަނަދޫ އަޒީގެ ޅެންހާރު: އަޚްނާ އުޚްތުނޭ

*ރާގު! ރަޙްމަތުގެ ރަންތަރި އުދަރެހުން،..،.
ދުނިޔޭގެ ދަންފަޅި ހަމަވެދާނޭ ނޭނގި އަޚްނާ އުޚްތުނޭ
ބުނިމީބަހޭ ޚާލިޞްހިތުން ލޮބުވެތިވި އަޚްނާ އުޚްތުނޭ
ފާއިތުވަމުން ޢުމުރުގެދުވަސްތައް އެބަދެޔޭ ހުރެ މަޑުމަޑުން 2
ޣާފިލްކަމެއްވާނަމަ ހިތުގެ ފިލުވާށެ އަޚްނާ އުޚްތުނޭ
ކުރި ހެޔޮކަމެއްނޫނީނެތޭ ފެންނާކަށެއް ދުނިޔޭންތިމާ 2
ހުރިހައިކަމެއް ނިމިދާދުވަހު ދަންނާށެ އަޚްނާ އުޚްތުނޭ
ހެޔޮ ޞިއްޙަތެއްގައި ތިބިދުވަހު ހެޔޮކަންކަމަށްދީ އިސްކަމެއް 2
ހެޔޮމަގުހިފަން ދަތުރައްޓަކައި ވިސްނާށެ އަޚްނާ އުޚްތުނޭ
މޮޅުމީހަކީ ތަޤްވާމަތީ ދެމިހުންނަ މީހާޔަށްވުމުން 2
މޮޅުކަން އެ ތަޤްވާއިންމިތާ ހޯދާށެ އަޚްނާ އުޚްތުނޭ
ދީލައިލެވިއްޖެއްޔާ މިއަދު ދުނިޔޭގެ އުފަލާ މަޖަލުގައި 2
ހީވެސްނުވާ ގެއްލުންތަކެއް ލިބިދާނެ އަޚްނާ އުޚްތުނޭ
އަދުލޯމަތިން ފެނިމިހިރަދާ ކަންތައްތަކާމެދު ވިސްނަމުން 2
މަދު ހިނދުކޮޅުގެ ބޭނުންހިފަން އުޅެމާހެ އަޚްނާ އުޚްތުނޭ
ރައްބީގެ ތަންވަސް ރަޙްމަތަށް އުންމީދުކުރަމުން ހެޔޮހިތުން 2
ރައްބީގެ އެންގެވުމަށް ސަމާލުވަމާހެ އަޚްނާ އުޚްތުނޭ
29 ޖޫން 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *