މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި ހުކުރު ނަމާދު، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަނަދޫ އަޒީގެ ޅެންހާރު: ތިބާ ދީނަށް ނަސުރުދޭނަ

*ރާގު! ސަލާމާ ލޯބިޝުކުރިއްޔާތަކުން،،…
ތިބާދީނަށް ނަސުރުދޭނަމަ ތިބާއަށް ނަސުރުދެއްވާނޭ
ތިބާގެ ޙަޔާތުގައި ރޯޝަން އުޖާލާކަން ގެނެސްދޭނޭ
ހިތާމަތަކާއި މޮޅިވެރިކަން ލިބޭވޭނާއި ހިތްދަތިކަން
(ލިބޭވޭނާއި ހިތްދަތިކަން)
ހިތާ ސިކުނޑީގެ މާޔޫސްކަން ފިލާނޭގޮތް ވެގެންދާނޭ
ބަލާޔާ އެކި މުސީބާތާ ނުރައްކައު ކަންކަމުންހުރިހައި
(ނުރައްކައު ކަންކަމުންހުރިހައި)
ސަލާމަތްތެރިކަމުގެ އައްޑަނަޔަކަށް ދުނިޔޭންމިކަންވާނޭ
ޚިޔާލަށްވެސް ނުގެނެވޭފަދަ ރަނގަޅުހުރިހައިކަމުގެ ދޮރުތައް
(ރަނގަޅުހުރިހައިކަމުގެ ދޮރުތައް)
ނިޔާމަކަމާއެކީ އަބަދާ އަބަދުވެސް ހުޅުވެމުންދާނޭ
ޢަޤީދާ ހިތުގެ ބަދަހިވުމާ ވަހުމުތައް ހިތުގެ ނެތިދިއުމާ
(ވަހުމުމުތައް ހިތުގެ ނެތިދިއުމާ)
ޔަޤީންކަން ހިތުގެ އީމާނާއެކީ ވަރުގަދަވެގެން ދާނޭ
މިތާ ދުނިޔޭގެ މަޝްރަޙްގައި ނުހަނު ހިތްހަމަޖެހުންލިބިފައި
(ނުހަނު ހިތްހަމަޖެހުންލިބިފައި)
"އެތާ" މަޙްޝަރް ވެވޭހިނދުގައި ދަރަޖަތައް އުފުލިގެންދާނޭ
12 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *