މަނަދޫ އަޒީގެ ޅެންހާރު: ތިޔަ ސާހިބާގެ ހަނދާންތަކުން

*ރާގު! ޔާރައްބަނާ އިރްޙަމްބިނާ..،..
ތިޔަސާހިބާގެ ހަނދާންތަކުން އައު ރޫޙްތައް ގެނުވައިފިޔޭ
ދިޔަހައި އުފާތައް ޢާލަމުން އަނބުރާއަލުން ގެނުވައިފިޔޭ
ކަންތައްތަކެއް ފެނިދެނެވިގެން އައިހިނދު ވަށައިގެން ދުނިޔެއަށް 2
(އައިހިނދު ވަށައިގެން ދުނިޔެއަށް)
އަންނާނެ ބަރަކާތްތަކުގެފެހި ސިގުނަލުތަކެއް ކުރުވައިފިޔޭ
އަޙްމަދުޙަބީބުގެ ނަންފުޅުން ތަޝްރީފުދޭހަށް ދެއްވުމުން 2
(ތަޝްރީފުދޭހަށް ދެއްވުމުން)
ރަޙްމަތުގެ ނޫރާނީއަލިން ޢާލަމް ޖަރީ ކުރުވައިފިޔޭ
ޝަޚްޞިއްޔަތުގެ ފުރިހަމަކަމާ ތަޤްވާގެ ޒީނަތްތެރިކަމުން 2
(ތަޤްވާގެ ޒީނަތްތެރިކަމުން)
ޝަޚްޞެއްއެހެން ނެތްކަންދެވަނަ ކަށަވަރު ދުނިޔެ ކުރުވައިފިތޭ
އިވިދާހިނދަކު ނަންފުޅުއިތު މާތް ރަޙްމަތުއްލިލްޢާލަމީން 2
(މާތް ރަޙްމަތުއްލިލްޢާލަމީން)
ނިމުމެއްނުވާ ހިތްތަކުގެ ލޯބީގައި ކަރުނަ ހިލުވައިފިޔޭ
އުންމަތުގެ މާތްވި ޝަފީޢަކީ ތިޔަސާހިބާއޭ ޔާރަސޫލް 2
(ތިޔަސާހިބާއޭ ޔާރަސޫލް)
އުންމީދުގައި އަޅަމެންގެހިތްތައް ޝައުޤުގައި ދިރުވައިފިޔޭ
9 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *