*ރާގު! ޖިސްދިލްމެބަސާ ތާޕިޔާރުތެރާ،….
އިސްލާމްދީނުގެ އަސްލޭ އެއީ ކީރިތިވި އެ މާތްޤުރްއާނަކީ(ޤުރްއާނަކީ)
މިސްރާބުރަނގަޅު ސީދާމަގަށް ފެންނާނެ އެޔޭ އަލިނޫރަކީ(އަލިނޫރަކީ)
ހުރިހައިތަނަކަށް ހުރިހައިހިނދަކަށް
ޝާމިލްވެމުޅީން ކަށަވަރުވެވިގެން
ފުރިހަމަކަމުގައި ދެގޮތެއްވެނުދާ
ހުރިހައިގޮތަކުން މަޤްބޫލުވެގެން 2
ކުރިޔާފަހުގައި މުސްލިމްތަކުނަށް
ލިބެވޭނެމިޔޭ އަންވާރަކީ (އަންވާރަކީ)
ބަދަލެއްއައުމެއް ދުވަހަކު ނުމެވާ
ބާޠިލްވެދިއުން އައުމެއް ނުމެވާ
ޤަދަރާ ޝަރަފާ މަތިވެރިލިބިވާ
އަބަދާއަބަދަށް ދިރިދެމިގެންވާ 2
މަދަދާއެކު މަތިވެރި ޙަޟްރަތުގައި
ދެމިއޮންނަމިޔޭ ޤާނޫނަކީ (ޤާނޫނަކީ)
ކިޔަވައިފި ހިނދަކު އަކުރެއް އެ ފޮތުން
ދިހަދަރުމަދެޔޭ ލިބި އިތުރުވަމުން
ކިޔަވާމީހާގެ ހިތާ ރޫޙުން
މަޑުމޮޅިވެ ޚުޝޫޢަތްތެރިވެވުމުން 2
ހިޔަލަށް ދިއުމަށް މަޙްޝަރްގެބިމުން
އަދުމިއްޔެލިބޭ އުންމީދަކީ (އުންމީދަކީ)
10 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ


