* މަސްދަރު: ތަޢުލީމުއްދިޔާނާ 2
ނަމާދުގެ ރުކުން ދެބަޔަކަށް ބެހި ވެޔޭ
ސަމާލުވެ މިކަން ދަސްކުރުން އެދެވެޔޭ
އެއީ ރުކުނެ ޤައުލިއްޔަ ފިޢުލިއްޔަ އިން
އެއީ ނަން އެއަށްކިއުނު ދެރުކުން މެޔޭ
އެނގޭހެން އެ ޤައުލިއްޔަ ރުކުނުގެ ތެރޭ
ނެގޭ ފަސްކަމެއް ހާމަ ކޮށްފައި ވެޔޭ
މި ޤައުލިއްޔަ ރުކުނުގެ ތެރޭ ހިމެނެނީ
ދުލުން ކިޔެވިދާތަކެތި ކަމުގައި ވިޔޭ
ޙަރަމްބަންނަ ތަކްބީރު ފުރަތަމަ އޮތީ
ކިޔުން އަލްޙަމްދު ދެވަނަ ކަމަށްވެޔޭ
ކިޔާފައި އެ ފަހު އައްތަޙިއްޔާތު ދެން
ކިޔަންއޮންނަ ޞަލަވާތް ހަތަރަކަށްވެޔޭ
އެއަށްފަހު ދެވޭ އެންމެ ފުރަތަމަ ސަލާމް
މި ފަސް ރުކުނުގައި ހިމެނި އައިސްފައިވެޔޭ
============**==**===**============
ބަލާއިރު އެ ފިޢުލުއްޔަ ރުކުނުގެ ތެރޭ
ބަލަން ދިހަކަމެއް އެކުވެ އެނގިގެން ވެޔޭ
އެއީ ގުނަވަނުން އާދެ! ފުރިހަމަ ކުރާ
އެއީ ދިހަ ފަރުޟުކަން ބަޔާން ވެސް ވެޔޭ
ނިޔަތްގަތުމަކީ އެންމެ ފުރަތަމަ ކަމޭ
ކޮޅަށް ހުރުމަކީ ދެވަނަ ކަންތައް މެޔޭ
ތިނެއް އޭ ރުކޫޢު ކުރުމެ އެނގިވާގޮތުން
ހުރުން އިޢުތިދާލަށް ހަތަރުވަނަ މެޔޭ
ކުރުން ސަޖިދަ ދެފަހަރު މި ފަކަށް ވެފައި
އިނުން ދެމެދު ދެސަޖިދަ ހައެއްގައި ވެޔޭ
ހަތެއްގައި ރުކޫޢު އިޢުތިދާލާ ސަޖިދަ
ދެ ސަޖިދާ ދެމެދު މަޑުވެލުން ހިމެނެޔޭ
ކިޔަންއިނުމެ ފަހު އައްތަޙިއްޔާތު ދެން
މިކަން އަށްވަނާގައި ހިމެނިގެން ވެޔޭ
ކިޔަން ކައުރަސޫލާށަ ޞަލަވާތް އިތުރު
އިނުން ނުވަ ވަނާގައި އައިސްފައި ވެޔޭ
ރުކުންތައް މި ތަރުތީބުކޮށް ކުރުމަކީ
ރުކުން ނުވަތަ ފަރްޟުގެ ވި ދިހަވަނަ މެޔޭ
ދެމުން ހިތުގެ ހެޔޮކަން އަޚުން އުޚްތުނަށް
ޅެމުން ހެޔޮވި މަންފާ އަކަށް އެދެވެޔޭ
14 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ


