މަނަދޫ އަޒީގެ ޅެންހާރު: އީމާންކަމުގެ ރުކުންތައް

*ރާގު! އަދަބާއެކީއަދާކުރަނީ ޠާހާގެއަރިއަހަށް (ކާށިދޫ ޢީސާމޫސާ އިސްމާއީލްމޫސާ)
އީމާންކަމުގެ ރުކުން ހައެކޭ އެނގިމި ވާގޮތުން
މީގައިނެތޭ ޚިލާފުކަމެއް ގައިމެ ކަށަވަރުން
ފުރަތަމަ ތިމާ އިލާހަށެ އީމާންވުމަށް އޮތީ 2
ފުރަތަމަ ތިމާ އެކަންދަނެ ގަސްދާއިއެއްގޮތުން
އީމާންވުމީ މަލާއިކަތުންނަށް ދެވަނަ ކަމޭ 2
ވީހައި ހިނދަކު ތިމާގެވި ނިޔަތާ ހިތާ ދުލުން
ތިންވަނަ ރަސޫލުބޭކަލުންނަށް މާތްވި ދެންއޮތީ 2
އިންކާރުނެތި ހިތުން ރުހި އީމާންވުމޭ ހިތުން
ފޮތްތައް އެއީ ހަތަރުވަނަ އީމާންވެދާންޖެހޭ 2
ފޮތްތަކުގެ ނަންތަކާއެކު ދަނެގެން ތިމާ ހިތުން
އީމާންވުމަށް އޮތީ ފަހަކަށް އާޚިރަތް ދުވަސް 2
ވީހައިމެ އެދުވަހަށް އަދު ބިރުވެތިވެ ހިތްތަކުން
މިންވަރުފުޅާއިމެދު ރުހި އީމާންވުމީ ހައެއް 2
އިންސާފު މާތްއިލާހުގެ ތެދުކޮށް ލޮލުންބޮލުން
" " " " " " " " "
އީމާންކަމުގެ ރުކުން ދަނެ އީމާންވެދާންޖެހޭ 2
މީ މުސްލިމުންގެ މައްޗަށަ އޮތް ވާޖިބެއްކަމުން
* މަސްދަރު؛ ތަޢުލީމުއްދިޔާނާ 2
2 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *