ރިޝްވަތަށް ނަފުސާ އަބުރު ވިއްކައިނުލާތި
އިސްޖެހޭ ދުވަހެއް ފަހުން އޮތްކަން ބަލާތި
މިއަދުއޭން ފޮނި މީރުކަން ހާސިލު ވިޔަސް
އެއަކު ފޮނިކަން މާދަމާ ނެތްކަން ބަލާތި
ރިޝްވަތައް ވިއްކައިފިނަމަ އަބުރާ ޝަރަފް
ފިސްވެދާކަން ދިރިއުޅުން ވިސްނާ އުޅޭތި
ބާރު ލިބިހުއްޓަސް މުލައްދަނޑުޔަށް ތިމާ
ބާރު ޖާއިޒް ނޫންގޮތަށް ހިފަމުން ނުދާތި
ތަނަވަހުން ތަނަވަސްވެ އަތް ބަންޑުންވިޔަސް
ބަނަ ދުވަސްތައް އަތުވެދާނެކަމަށް ބަލާތި
ފުނިޖެހެވި ހުއްޓަސް މުދާ ފަހިކަންމަތީ
ކުނިވިޔަސް ޖާއިޒް ނުވާނަމަ އަތްނުލާތި
ދީބަހާ ހަދިޔާތަކަށް ގޮތްނޭނގި ހުރެ
ޖީބު ބަރުކުރުމަށްޓަކައި ދަހިވެތި ނުވާތި
ކަންކުރާއިރުގައި ދެފުށް ފެންނާނެހެން
ކަންކުރުން އޭ ރަނގަޅުގޮތްކަމުގައި ބަލާތި
މިއަދު ބޭނުންހައިކަމެއް ތިބެ ކުރެވުނަސް
މިއަދު ނޯންނޭކަމަށް ދެކިގެން އުޅޭތި
ބީވެގެން ދިޔަޔަސް އަތުން ކަންތައްތަކެއް
ޙީލަތާމަކަރާ ހަދައި އޮޅުވައި ނުލާތި
ހެޔޮކަމެއް ކޮށްދީފި ހިތްހެޔޮ މީހަކަށް
ހެޔޮކަމެއް ނޫނީ ބަދަލުގައި ކޮށްނުދޭތި
ދުނިޔެވީ އުފަލާ އަރާމާ ލައްޒަތަށް
ދުނިޔެއާއެކު އާޚިރަތް ވިއްކައިނުލާތި
މާދަމާ ރައްބުލްޢުލާ މާތް ޙަޟްރަތައް
ދާންޖެހޭނޭކަން އަބަދުމެ ހަނދާންކުރާތި
3 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ


