ރޭޑިޔޯ ޕްރެޒެންޓަރ މުބާރާތުގެ ސީޒަން 7 ގެ އެއްވަނަ ޝަހާމާ ހާސިލްކުރުން، ފޮޓީޯ: ޕީއެސްއެމް ނިއުސް

ރޭޑިޔޯ ޕްރެޒެންޓަރ މުބާރާތުގެ ސީޒަން 7 ގެ އެއްވަނަ ޝަހާމާ ހާސިލްކޮށްފި

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7″ ގެ ފަޚުރުވެރި އެއްވަނަ ހއ. އިހަވަންދޫ، ބުލްބުލާގެ މަރްޔަމް ޝަހާމާ ހާސިލްކޮށްފިއެވެ.

މިރޭ ބޭއްވި ޚާއްޞަ ހަފުލާގައި ޝަހާމާއަށް 50,000 ރުފިޔާގެ ފައިސާގެ އިނާމާއި ޢުމްރާ ދަތުރު ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން، ތަރިކައާއި ސަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ. އެއްވަނަ ހާސިލްކުރުމުން ޝަހާމާއަށް ދިވެހިރާއްޖޭގެ އަޑުގައި އެއްއަހަރު ދުވަހު ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުުމުގެ ފުރުޞަތު ލިބޭނެއެވެ.

މުބާރާތުގެ އެހެން ވަނަތަކަށް ބަލާއިރު:

  • 2 ވަނަ: ނަފްޙާ ނަސީމް (ރ. ފައިނު) – 25,000 ރުފިޔާ އާއި ޢުމްރާ ދަތުރު ލިބުނު.

  • 3 ވަނަ: މަރްޔަމް ޘާނީ (ށ. މިލަންދޫ)

  • 4 ވަނަ: ޙައްވާ ޝީން އަޙްމަދު (ގއ. ވިލިނގިލި)

  • 5 ވަނަ: ޙުސައިން ރަޝީދު (އއ. މަތިވެރި)

ރޭޑިއޯ ޕްރެޒެންޓިންގ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމަށް ބޭއްވި މި ރިއަލިޓީ ޝޯގެ ގަދަ ފަސް ބައިވެރިންގެ ފަހު ހުށަހެޅުންތައް ޖޫން މަހުގެ ފަހުކޮޅު ރޭޑިއޯ އަދި ޓީވީން ގެނެސްދީފައިވާއިރު، ބައިވެރިން ހޮވާފައިވަނީ "ޕީއެސްއެމް އެއަރ" މެދުވެރިކޮށް އާންމުން ދިން ވޯޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ