ޒަކާތު ސްކޮލަރޝިޕަށް އެދުމުގެ ފުރުޞަތު އަންނަމަހުގެ 16އާ ހަމައަށް

ޒަކާތު ހައުސްއިން ދޫކުރާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕްތަކަށް އެދުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިއަހަރުގެ މެއި 17 ގައި ހުޅުވާލި މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލިއެވެ.

މާސްޓަރސް (ލެވެލް 9) އަދި ޕީއެޗްޑީ (ލެވެލް 10) އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 40 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތު.

  • ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތު.

  • ސައުދީ އަރަބިއްޔާ އާއި މިޞްރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑާއެކު ދޭ 5 ފުރުޞަތު.

  • އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތު.

މި ޕްރޮގްރާމުގައި އިސްލާމީ ޝަރީޢާ، ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ނޫސްވެރިކަން އަދި އިސްލާމީ ލީޑަރޝިޕް ފަދަ ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު އޮވެއެވެ. މީގެއިތުރުން، އިސްލާމީ ދާއިރާތަކުން ބޭރުގެ އެހެނިހެން ދާއިރާތަކުން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ވެސް، އެ ދާއިރާއަކުން މުޖުތަމަޢަށް ކުރާނެ ފައިދާ ބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ، މާލީ އެހީއަށް ބޭނުންވެފައިވާ ދިވެހިންނަށް ވާންޖެހެއެވެ. އަދި އެމްކިއުއޭ އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ، އެހެން މުއައްސަސާއެއްގެ މާލީ އެހީ ލިބެމުންނުދާ ފަރާތްތަކަށް ވާންޖެހޭނެއެވެ. ޝަރުޠުހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ [email protected] އީމެއިލް އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ