އެމެރިކާއާއި އިސްރާޢީލް ގުޅިގެން އީރާނަށް ދިން ޙަމަލާގައި 200 އަށްވުރެ ގިނަ ކުދިން މަރުވެފައިވޭ

އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ 50 މީހުން ޝަހީދުވެ، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތަކުގައި އީރާނުގެ 50 މީހުން ޝަހީދުވެ، 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. ޞިއްޙީ ވުޒާރާގެ ޕަބްލިކް ރިލޭޝަންސް ސެންޓަރުގެ އިސްވެރިޔާ ޙުސައިން ކާމަންޕޫރު ވިދާޅުވި ގޮތުގައި، ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ދެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމްވި މީހުންގެ ތެރޭގައި 32 އަންހެނުންނާއި 18 ކުޑަކުދިން ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން، އީރާނުން ވެސް ވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ 40 ދުވަސް ފަހުން، އޭޕްރިލް 8 ގައި ޙަމަލާތައް މެދުކަނޑާލަން އެއްބަސްވި ނަމަވެސް ނުތަނަވަސްކަން ކުޑައެއް ނުވެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނު މެދުވެރިވެގެން މިދިޔަ ޖޫން މަހު ދެ ޤައުމުން އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މިހާރު އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު އަދިވެސް ޙަމަލާތައް ބަދަލުކުރަމުންދާތީ މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. އެމެރިކާއިން ދެމުންދާ ޙަމަލާތަކާ ގުޅިގެން، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ