މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް

އިޤްތިޞާދާއި އާބާދީގެ މަޢުލޫމާތު ބަލާލެވޭ ޕޯޓަލެއް ތަޢާރަފުކޮށްފި

ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ" ޕޯޓަލް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ތަޢާރަފުކޮށްފިއެވެ. މި ޕްލެޓްފޯމް އިފްތިތާޙުކޮށްފައިވަނީ ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

މި ޕޯޓަލްއަކީ ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢާރަފުކުރި ޕޯޓަލްއެކެވެ. އެގޮތުން ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މަޢުލޫމާތާއި، ޖީޑީޕީގެ ތަފާސްހިސާބުތަކުގެ އިތުރުން އާބާދީގެ ލަފާކުރުންތަކާ ގުޅޭ މަޢުލޫމާތު އިންޓަރެކްޓިވްކޮށް ބަލާލެވޭނެއެވެ.

ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލް ކުރުމުގެ ޤާނޫނީ އޮނިގަނޑު ވަނީ ވަރުގަދަވެފައެވެ. އެމްބީއެސް އިސްކޮށް ހިންގުމަށް ޗީފް ސްޓެޓިސްޓިޝަން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ބިއުރޯ ހިންގަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ