ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވަނީ

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްދާނީ ހަމައެކަނި ޖުލައި 26 ވަނަ ދުވަހު ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެގޮތުން ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އޭގެފަހުން ބާއްވާ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރޭ 8:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ކެޑޭޓު ކޯގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި، ސަގާފީ، ނަޝާ އަދި ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

މީގެއިތުރުން، މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ޖުލައި 27 ގައި ބާއްވާ 5 ކިލޯމީޓަރުގެ "މިނިވަން ރަން" އަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާއިރު، މި ދުވުމުގައި 2000 މީހުންނަށް ބައިވެރިވެވޭނެއެވެ. އަދި ފަންނާއި ސަޤާފަތާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެންޑީއެފުން ވެސް ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ، ވަރުގަދަ އައިޓަމްތަކެއް ހުށަހަޅައިދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ