ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 439 މިލިއަން ރުފިޔާ ލިބިއްޖެ

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް 439 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މުޅި އަހަރަށް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 374 މިލިއަން ރުފިޔާއަށްވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ބަޖެޓުގައި ކޭޝް ގްރާންޓުގެ ގޮތުގައި އެއްވެސް އަދަދެއް ނުހިމެނި ނަމަވެސް، ޕްރޮޖެކްޓްތަކަށް ލިބޭނެ ކަމަށް ލަފާކުރީ 324 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް ލިބުނު ހިލޭ އެހީގެ އަދަދު ވަނީ މިދިޔަ އަހަރު މުޅި އަހަރަށް ލިބުނު 400 މިލިއަން ރުފިޔާއަށްވުރެ ވެސް އިތުރުވެފައެވެ. ނަމަވެސް، މެދުރާސްތާގައި ރާއްޖެއަށް ހިލޭ އެހީ ލިބޭ މިންވަރު ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވާއިރު، ކުރިއަށް އޮތް ދެ އަހަރުވެސް އަހަރަކު ލިބޭނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.\

ފާހަގަކޮށްލެވޭ ގޮތުގައި 2021 އިން 2023 އަށް ކޮންމެ އަހަރަކުވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އެއް ބިލިއަނަށްވުރެ ބޮޑު އަދަދެއް ލިބިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ