އަލް-އަޒްހަރު ޔުނިވާސިޓީގެ 22 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް ދީފައިވާ 22 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ފުރުސަތުތަކުގެ ތެރޭގައި ގާނޫނާއި ޝަރީއާގެ ދާއިރާއިން 5 ފުރުސަތުގެ އިތުރުން، ނެޗުރަލް ސައިންސް، ހިސާބު އަދި ތަފާސްހިސާބުގެ ދާއިރާއިން 17 ފުރުސަތު ހިމެނެއެވެ.

މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އޮގަސްޓް 15 އަށް އުމުރުން 30 އަހަރު ފުރިފައި ނުވުމާއި، ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން ޝަހާދާ ސާނަވިއްޔާ އިމްތިހާނުން ފާސްވެފައިވުން ހިމެނެއެވެ. އަދި ސަރުކާރު މެދުވެރިވެގެން ކުރިން ނަގާފައިވާ ލޯނެއްވާނަމަ ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެއެވެ.

މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 6 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން "ކުރި" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށާއި، އިތުރު މައުލޫމާތު 1474 އިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން، އިންޑިއާގެ މަރުވާޑީ ޔުނިވާސިޓީގެ ފުރުސަތުތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ