ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެއްޖެ

ފަލަސްޠީނުގެ ނަސްލުހޭދަ ކުރުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، ޣައްޒާގެ އުތުރަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާ ކަމަށް ސިއްޙީ އިދާރާތަކުން ބުނެފިއެވެ.

އިސްތިޢުމާރީ ޔަހޫދީންނާއި ހަރުކަށި ވަޒަންވެރިން ހުޅަނގު އައްސޭރީގައި ބަޑިޖަހައި ފަލަސްޠީނުގެ އިތުރު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން، އަލިފާންގަނޑެއް ނިއްވަން އުޅުނު ވަގުތެއްގައި ދިން ހަމަލާއެއްގައި ވަޒަންވެރިއަކު ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، ސިފައިން ދިން ހަމަލާތަކުގައިވެސް އިތުރު މީހުން ވަނީ ޝަހީދުވެފައެވެ.

ޔަހޫދީންގެ ހަމަލާތައް ޙަމާސްއަށް އަމާޒުކުރާ ކަމަށް ބުނި ނަމަވެސް، އެމެރިކާގެ ތާޢީދާއެކު ދެމުންދާ މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވަނީ އާންމުން ދިރިއުޅޭ ތަންތަނަށެވެ. ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮކްޓޯބަރު މަހު ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށްފަހުވެސް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި 1,160 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުވެފައެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގައި ޤަވާއިދާ ޚިލާފަށް އާބާދީތައް ބިނާކޮށް ބިންތައް ފޭރުން އިތުރުކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްރަޙު ވަނީ އިންތިހާއަށް ގޯސްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ