"މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް، ފޮޓޯ: މިހާރު

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވާނެ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ މާލޭގެ އުތުރު ފަރާތު 1 ނަންބަރު ފާލަމާ ދިމާ ބޭރުން މޫދުގައި ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާޢީ ބާރުން (އެމްއެންޑީއެފް) ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ނިންމާލުމަށްފަހު، ރޭގަނޑު 22:15 ގައި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓަށް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އެވެ.

ޖުމްހޫރީ މައިދާނުގައި ބާއްވާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ ހެވިކަމުގެ ކުޅިވަރުތަކުގެ އިތުރުން ސްކޫލް ކުދިންގެ އައިޓަމްތަކާއި ސަޤާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެއިތުރުން، އެމްއެންޑީއެފްގެ އަސްކަރީ ހިންގާލުމާއި ސްކޫލް ކުދިންގެ ޕެރޭޑް ޖުމްހޫރީ މައިދާނުން ފަށައިގެން މާލޭގެ ތަފާތު އެކި ސަރަޙައްދުތަކަށް މަޑުކުރަމުން ކުރިއަށްދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ