ފަތިސް ނަމާދަށްފަހު ކުރެވިދާނެ 9 ކަމެއް: ދިރިއުޅުމަށް ބަރަކާތާއި ހިތްހަމަޖެހުން ގެނެސްދޭނެ މަގެއް

ނަމާދަށްފަހު ނުނިދައި ހޭލާ ހުރެ އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުމުގެ ބަރަކާތް އިތުރުވެ ހިތުގެ ބުރަކަން ފިލައިދާނެ ކަމެކެވެ. ފަތިސް ނަމާދަށްފަހު ނުނިދައި ހޭލާ ހުރެ، ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ އިންސާނާގެ ހިތަށް ލުއިކަން ގެނެސްދީ، ދިރިއުޅުމުގެ އެކި ކަންކަމުގައި ބަރަކާތް އިތުރުވެގެންދާނެ ކަމެކެވެ. މިގޮތުން ފަތިސް ނަމާދުގެ ފަހުން ކުރެވިދާނެ މުހިންމު 9 ކަމެއް ދީނީ އިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ހެނދުނު ހޭލާ ގޮތަށް ﷲ ތަޢާލާއަށް ޙަމްދުކުރުމާއި، ތަސްބީޙަ ކިޔުމާއި، އަދި ކީރިތި ރަސޫލާގެ މައްޗަށް ސަލަވާތް ކިޔެވުން ހިމެނެއެވެ.

މީގެ އިތުރުން، ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމާއި، ގިނަގިނައިން އިސްތިޣްފާރު ކުރުމަކީ ހިތް މަޑުމޮޅިކޮށްދޭނެ ކަންކަމެވެ. ހަމައެއާއެކު، އިރުއެރުމުން ކަނޑައެޅިފައިވާ ވަގުތުގައި، ޟުޙާ ނަމާދު ކުރުމާއި، އަމިއްލަ ތަނަވަސްކަން ހުރި މިންވަރަކުން ސަދަގާތް ކުރުމަކީވެސް ފަތިސް ނަމާދަށްފަހު ކުރުން އެދެވިގެންވާ މުހިންމު ކަންތައްތަކެވެ. މިފަދަ އަޅުކަންތަކުގެ ސަބަބުން ދިރިއުޅުމުގެ ރިޒްޤާއި ވަގުތުގައި ބަރަކާތް އިތުރުވެ، އިންސާނާގެ ނަފްސަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ދިރިއުޅުމުގެ ކަންކަމުގައި ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކޮށް، ހެނދުނުގެ ވަގުތުތަކުގައި އަޅުކަމުގެ ތެރެއިން ދުވަސް ފެށުމަކީ އިންސާނާގެ ވިސްނުމާއި އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެކެވެ.

ފޯނު ބޭނުންކުރުމުގެ ކުރިން ޤުރުއާން ކިޔެވުމާއި، ވަޒީފާއަށް ދިއުމުގެ ކުރިން ޟުޙާ ނަމާދު ކުރުމަކީ ދުވަހުގެ މަސައްކަތްތަކުގައި ބަރަކާތް ލައްވާނެ ކަންކަމެވެ. މިފަދަ ރޫޓީނެއްގެ ސަބަބުން އިންސާނާގެ ހިތް ނުތަނަވަސްކަމުން ސަލާމަތްވެ، އުންމީދު ނުކުރާ ފަދަ ގޮތްގޮތަށް ކަންކަން ފަހިވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ