މަނަދޫ އަޒީގެ ޅެންހާރު: ޢީދު ފިޠުރޭ އައީ

*ރާގު: މޭރެ ނަޒްރޭހަސީން…


ޢީދުފިޠުރޭ އައީ ވީ އުފަލުގައި އައީ
ރީތި ހުރިހައި އުސޫލެއް ހިފައިގެންއައީ
ޒީނަތުގެ ރީތި ގަހަނާތަކައިގެން އައީ
މީރުވަސް ދޭހުގައި ފަތުރަމުންނޭ އައީ
ޢީދުފިޠުރޭ އައީ،.
ހާ އުފާވެރިކަމުގެ ރީތި މާފޮޅުވަމުން
ޒާރުތަކުގައި މަލުން މީރުވަސްފަތުރަމުން
ރާޙަތާ މީރުކަން ހިތްތަކަށް ގެނުވަމުން
ޗާލު މޫސުން ބަހާރާ އެކިގައި އައީ
ތަހުނިޔާ އާ މުބާރަކުގެ ގުލްޝަންތަކުން
ހަރުހަވެތިކަމުގެ މާތައް ހޮވައި އަމުނަމުން
ރަޙްމަތާ ނިޢުމަތާ ބަރަކަތާއެކު ހެމުން
އަހުލުނަށް ހެޔޮކަމާ ދަރުމަޔައިގެން އައީ
އެންމެހައި މުސްލިމުންނަށްޓަކައި މީ ލިބުން
އެންމެ މަތިވެރި ދަރަޖައާއި ޝަރަފޭ ލިބުން
ދެއްވި ރޯދައިގެ އަގުހުރި ސަވާބަށްފަހުން
ފެންނަ މަތިވެރި ޝިޢާރެއްގެ ގޮތުގައިއައީ
ޢީދުފިޠުރޭ އައީ ވީއުފަލުގައި އައީ

9 އެޕްރީލް 2024
عبدالعزيز قاسم ލިލީ ނ. މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *