އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްދާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު)ގެ އަރިމަތީގައި ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ ބައްދަލުވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައ،ި އިއްޒަތްތެރި ރައީސް ޑރ މުއިއްޒުގެ ތަޞައްވުރު ޙިއްސާކުރެވުނުކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.
އޯއައިސީގެ 15 ވަނަ ސަމިޓްގެ އަރިމަތީގައި ސަޢޫދީގެ ޚާރިޖީ ވަޒީރު ޕްރިސް ފައިސަލް ބިން ފަރުޙާންއާ ބައްދަލުވުމަކީ ލިބުނު އުފަލެއް.އިއްޒަތްތެރި ރައީސް ޑރ މުއިއްޒުގެ ތަޞައްވުރު ޙިއްސާކުރެވުނު.ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު ޚިޔާލު ބަދަލުކުރެވުނު pic.twitter.com/ZiVqeQeZsa
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 4, 2024
އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.


