15 އޮކްޓޫބަރު 2025
އިސްރަށްވެހިންނަށް ބޭއްވި ޙަރަކާތެއްގެ ތެރެއިން، ފޮޓޯ: ފެމިލީ މިނިސްޓްރީ

މިއީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސް: ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް ބަދަލުވަމުންދާ މިންވަރު އިތުރުވަނީ

ދޮށީ އުމުރުގެ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި އެފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކާ މެދު މަޝްވަރާކޮށް، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި، އދ. ގެ ޖެނެރަލް އެސެމްބްލީން 1990 ވަނަ އަހަރުގެ ޑިސެންބަރު 14 ވަނަ ދުވަހު ނިންމި ނިންމުމާ އެއްގޮތަށް، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަސްކަމުގައި ކަނޑައަޅައި، ދުނިޔޭގެ ފެންވަރުގައި މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

މިއަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން؛ އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ. މި ޝިޢާރުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިންކަން ފާހަގަކޮށް، އެފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް މަސައްކަތްކުރުމެވެ.

ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް ބަދަލުވަމުންދާ މިންވަރު އިތުރުވަނީ

ދިވެހިރާއްޖެއަކީ ހަލުވިމިނުގައި އާބާދީ ބަދަލުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަން ފާހަގަކުރެވެއެވެ. އާބާދީ ދޮށީ އުމުރުގެ އާބާދީއަކަށް ބަދަލުވަމުންދާއިރު، މިކަމުގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާތަކަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ މުހިންމުކަން ވަނީ އިތުރުވެފައެވެ.

އިސްރަށްވެހިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޤައުމީ ސިޔާސަތެއް

އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި، އޯގާތެރި އަދި އަޅާލުން ލިބޭ މާޙައުލެއް މުޖުތަމަޢުގައި ޤާއިމްކުރުމަށް 'އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު' ވަނީ އެކުލަވާލެވިފައެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އިސްރަށްވެހިންގެ ޢިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމެވެ. އަދި އެފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއެކު، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަގުފަހިކުރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު