15 އޮކްޓޫބަރު 2025
ޤައުމީ ތަރައްޤީގެ ޕްލޭންގެ މަސައްކަތް އިފްތިތާޙްކުރުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް މީހުން ދިރިއުޅޭ 50 އިންސައްތަ ރަށުގައި ބާއްވައިފި

"ވިލުންތެރި ރާއްޖެ 2045″ ގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ބައްދަލުވުންތައް މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ 50 އިންސައްތަ ރަށުގައި ބާއްވައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

"ނެކްސިޔާ މޯލްޑިވްސް" އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާތަނަށް 10 އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު އެއްކުރެވިފައިވެއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ލ.އަތޮޅު، ގދ.އަތޮޅު، ހއ.އަތޮޅު، ވ.އަތޮޅު، އދ.އަތޮޅު، މ.އަތޮޅު އަދި ޅ.އަތޮޅު ހިމެނެއެވެ.

މިވަގުތު "ކުރިމަގު ސައްލާ" ގެ ބައްދަލުވުންތައް ގއ. އއ. ނ. ރ އަދި ބ. އަތޮޅުގައި ކުރިއަށްދާއިރު، ބާކީ އޮތް ރަށްތަކުގެ ބައްދަލުވުންތައް މި މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.

ވިލުންތެރި ރާއްޖެ މަޝްވަރާތަކުގެ ތެރެއިން

މި ޕްލޭންގެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި، އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި، ތިމާވެށްޓާއި ޢުމްރާނީ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރެވޭނެއެވެ.

ޤާނޫނީ ބާރު ލިބޭގޮތަށް އެކުލަވާލެވޭ މި ދުރު ރާސްތާ ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމައި، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މުޅި ޕްލޭން އިފްތިތާޙުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު