15 އޮކްޓޫބަރު 2025

ވޯލްޑްކަޕް 2026 ކޮލިފައިން: ހާލަންޑުގެ ހެޓްރިކާއެކު ނޯވޭ އިން އިޒްރޭލް ހަމަ ބިމަށް ތިރިކޮށްފި

ވޯލްޑްކަޕް 2026 ޔޫރަޕިއަން ކޮލިފައިންގެ ގްރޫޕް އައި ގައި ރޭ ނޯވޭ އިން 5:0 ގެ ނަތީޖާއަކުން އިޒްރޭލް ބަލިކޮށްފިއެވެ.

މި މެޗުގައި ނޯވޭގެ ތަރި އާލަންޑު ހާލަންޑު ވަނީ 3 ގޯލު ޖަހާފައެވެ.

މެޗު ފަށައިގެން ނޯވޭ އިން އިޒްރޭލް ކުޅުންތެރިންނަށް ހިންދެމިލާނެ ފުރުސަތެއްވެސް ދީފައެއްނުވެއެވެ.

މި ނަތީޖާއާއެކު ނޯވޭ ވަނީ 18 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނައިގައެވެ. ދެވަނައިގައި އިޓަލީ އޮތީ އެއްމެޗު މަދުން ކުޅެގެން 12 ޕޮއިންޓާއެކުއެވެ.

މިރޭގެ 3 ގޯލާއެކު ހާލަންޑު ވަނީ ގައުމީ ޓީމަށް ކުޅެދިން 46 މެޗުން 51 ގޯލު ޖަހާދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު