ފްރާންސް ބަލިކޮށް، ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް!، ފޮޓޯ: ފީފާ

ފްރާންސް ބަލިކޮށް، ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް!

ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ސްޕެއިން އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވަރުގަދަ ފޯވާޑް ލައިނެއް އޮތް ފްރާންސް ސިއްސުވާލުމަށްފަހު، މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއަށް ކުރިހޯދައިދިނީ ލަމީން ޔަމާލްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔަޒަބާލްއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ. ސްޕެއިންގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 18 ވަނަ މިނިޓުގައި ޕެޑްރޯ ޕޯރޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ކާމިޔާބުކުރީ ޑެނީ އޮލްމޯއެވެ.

މެޗުގެ ފަހު ހާފުގައި ޔަމާލް ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްވުމުން އެ ލަނޑު ބަލައެއް ނުގަނެއެވެ. ފްރާންސުން ނަތީޖާ ބަދަލުކުރަން ގިނަ ބަދަލުތަކެއް ގެނެސް، މެޗުގެ އިތުރު ވަގުތުގައި ކީލިއަން އެމްބާޕޭ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ސްޕެއިންގެ ކީޕަރު އުނައި ސިމޯން ވަނީ ދިފާޢުކޮށްފައެވެ.

މި ބައްޔާއެކު، ފާއިތުވި ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ފްރާންސަށް ދެން އޮންނާނީ ތިންވަނަ ހޮވާ މެޗެވެ. ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ