15 އޮކްޓޫބަރު 2025

ވޯލްޑްކަޕް 2026 ކޮލިފައިން: ސްޕެއިން އަދި ޕޯޗުގަލް އަށް ހަނި މޮޅެއް

ވޯލްޑްކަޕް 2026 ޔޫރަޕިއަން ކޮލިފައިންގެ ގްރޫޕް އީގައި ރޭ ސްޕެއިން 2:0 އިން ޖޯޖިއާ ބަލިކުރިއިރު ގްރޫޕް އެފް ގައި އޮތް ޕޯޗުގަލް 1:0 ގެ ހަނި ތަފާތަކުން އަޔަލޭންޑް ކައިރިން ސަލާމަތްވެއްޖެއެވެ.

ސްޕެއިންގެ ގޯލުތައް ޖަހާދިނީ ޔެރެމީ ޕިނޯ އަދި އޮޔަރްޒަބަލްއެވެ.

ޕޯޗުގަލް އަދި އަޔަލޭންޑް ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ޕޯޗުގަލް މޮޅުކޮށްދިނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރުބެން ނެވޭޒްއެވެ.

މި މެޗުގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލިނަމަވެސް ވަނީ ނާކާމިޔާބުވެފައެވެ.

ކޮލިފައިންގައި ދެންކުޅުނު މެޗުތަކަށް ބަލާލާއިރު ގްރޫޕް އައިގައި އިޓަލީން 3:1 ކުން އެސްޓާނިއޯ ބަލިކުރިއިރު ގްރޫޕް އީގައި ތުރުކީއިން 6:1 އިން ބަލްގޭރިއާ ވަނީ ބަލިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު