15 އޮކްޓޫބަރު 2025
ހުޅުމާލޭ ހިޔާ ޓަވަރުތަކެއް

ސޯޝަލް ހައުސިންގ ޔުނިޓުތައް ކުއްޔަށްދޭ ފަރާތްތަކާމެދު އެއްބަސްވުމުގައިވާ ގޮތަށް ފިޔަވަޅު އަޅާނަން: އެޗްޑީސީ

ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް،އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، އެ ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއްކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެޗްޑީސީ އިން ތަރައްގީކޮށް ބަލަހައްޓަމުންގެންދާ ސޯޝަލް ހައުސިންގ ފުލެޓުލިބިފައިވާ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށް އާންމު ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށެވެ.

އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅުއަޅާނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންކަމުގައި އާއްމު ފަރާތްތަކުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު