15 އޮކްޓޫބަރު 2025
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް (އެމްއެމްބީސީ) ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރުންގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރާއިރު، 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މަޖިލީހުން އައްޔަންކުރާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ޤާނޫނަށް ގެނައި އިސްލާހާއެކު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުން ހިމެނެއެވެ.

  • މީޑިއާ ކޮމިޝަނަށް ކުރިތިލެއްވި ބޭފުޅުން
  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް
  • މޫސާ ރިލްވާން، މ. ހާވިލާ
  • ފާރިސް ތޯހާ، ހ. ސޯސަން
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  • ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން މިހާރު ވަނީ ހޮވިފައެވެ. އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދު ހޮވިފައިވާއިރު، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފް ވަނީ ހޮވިފައެވެ.

މަޖިލީހުން އައްޔަންކުރާ މެންބަރުން ހޮވުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު