15 އޮކްޓޫބަރު 2025
ނޫމަރާ ކައުންސިލް އައު އިމާރާތް ރައީސް ހުޅުވައިދެއްވުން, ފޮޓޯ: ރައީސް އޮފީސް

ނޫމަރާ ކައުންސިލް އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ށ.ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

އިމާރާތް ހުޅުވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އާ އިމަރާތް ބައްލަވާލައްވާފައެވެ.

ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނައިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ. އެގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ.

އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްސަ ކުރެވިފައިވެއެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމެއް ހިމެނެއެވެ.

މިއީ ސަރުކާރުން 3.9 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ސަރުކާރުގެ ޕީއެސްއައިޕީއާއި ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހިމެނޭހެން 105 ކައުންސިލެއް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޚަލާގައި އަންނަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު