ބާސާއިން ލަލީގާގެ ތައްޓާ ގާތަށް ޖެހިލައިފި

އޮސަސޫނާ 2:1 އިން ބަލިކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލަ ލީގާގެ ތަށި ބާސެލޯނާ އިން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

މެޗުގައި ބާސާގެ ލަނޑުތައް ޖަހާދިނީ ފެރާން ޓޮރޭޒް އަދި ރޮބަޓް ލެވަންޑޮސްކީއެވެ.

ލީގުގައި ބާކީ ފަސް މެޗު އޮތްއިރު، ކެޓަލަން ކްލަބް (ބާސެލޯނާ) އޮތީ މެޑްރިޑަށްވުރެ 14 ޕޮއިންޓް ކުރީގައެވެ.

ތަށީގެ ރޭސް މަދުވެގެން އަދި އެއް ބުރަށް ދެމެހެއްޓުމަށްޓަކައި އާދީއްތަ ދުވަހު އެސްޕަންޔޯލްއާ ދެކޮޅަށް ކުޅޭ މެޗުން މެޑްރިޑް މޮޅުވުން މަޖުބޫރެވެ.

މި ހަފުތާ ބަންދުގައި ހުރިހާ ކަމެއް ބާސެލޯނާ އެދޭ ގޮތަށް ގޮސްފިނަމަ، އޭގެ ފަހުން އޮންނަ "ކްލަސިކޯ" މެޗުގައި އެ ޓީމުން ރެއާލް މެޑްރިޑަށް މަރުހަބާ ކިޔާނީ އަލަށް ތަށި ކާމިޔާބުކުރި ޗެމްޕިއަނުންގެ ގޮތުގައެވެ.

އަދި ނޫންނަމަ އެލްކްލެސިކޯގައި އަމިއްލަ ދަނޑުގައި މެޑްރިޑް ބަލިކޮށް ފަހުރުވެރިކަމާއި ޝަރަފްވެރިކަމާއެކު ލަލީގާގެ ރަސްކަން ހޯދުމުގެ ފުރުސަތުވެސް ބާސެލޯނާއަށް އެބައޮތެވެ.

ބާސެލޯނާގެ ކޯޗުކަމުގައި ހޭދަކުރި ދެ އަހަރު ތެރޭގައި، 2025 ވަނަ އަހަރުގެ ކޮޕާ ޑެލް ރޭ ހިމެނޭހެން، ތިންވަނަ ބޮޑު ތަށި ކާމިޔާބުކުރުމާ ގާތަށް ހަންސީ ފްލިކް ގޮސްފައިވާއިރު، މެޑްރިޑުން ކުރިމަތިލަމުންދަނީ ބޮޑު އެއްވެސް ތައްޓެއް ނުލިބި ޖެހިޖެހިގެން ދެވަނަ ސީޒަން ނިންމާލަން ޖެހުމުގެ ބިރާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ