2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން، ފޮޓޯ: ޔުނިސެފް

މަނަދޫ އަޒީގެ ޅެންހާރު: ލޮބުވެތި ކުޑަކުދިންނޭ!

*ރާގު! ޢަޞްރުދިޔައީ ގެއްލިގެން،،،.
ކުޑަކުދިންގެދުވަސްއައީމާ ނަލަވެފައިހޭ ތިޔަތިބީ
ކުޑަކުދިންގެމި ޢީދުގައި ބައިވެރިވެގެންހޭ ތިޔަތިބީ
ރީތިފާޑުހެދުންއަޅައިގެން (ރީތިކޮށް ހުރިހައިކުދިން 2)
ހީސަމާސާކޮށް ނުލާހިކު އުފަލުގައިހޭ ތިޔަތިބީ
މާލިހެދި އެކިފާޑުފާޑުގެ (ހެދުމުގައި ގޮތްދައްކަމުން 2)
މާޙައުލު މާރީތިކޮށް ޒީނަތްކުރަންހޭ ތިޔަތިބީ
ފާޑުފާޑުގެ ކުޅިވަރާ (މަޖަލުގެތެރޭގައި ތިޔަކުދިން 2)
ރާގުތައް ފިނިކަންހިތަށްދޭ އަޑުއަހަންހޭ ތިޔަތިބީ
މިއަދު ޝަރަފުވެރިންނަކީ (ތިޔައޭ މިޤައުމުގެ ކަށަވަރުން 2)
މިއަދު މިލިބޭ އުފަލުގައި ހިއްސާވެގެންހޭ ތިޔަތިބީ
މިފަދައިން ފާހަގަކުރާ (މިދުވަސްތަކުން ފަހެތިޔަކުދިން 2)
މިފަދަ ކަންކަންދެކި އެއިން ޢިބްރަތް ހިފަންހޭ ތިޔަތިބީ
ތިޔަކުދިންނަށް މަރުޙަބާ (ކިޔަމުންނިކަން އުފަލާއެކީ 2)
ތިޔަކުދިންނާއެކުގައޭ އަދު އަހަރެމެންވެސް ހަމަތިބީ
5 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *