މަނަދޫ އަޒީގެ ޅެންހާރު: ދިހަދުވަސް

*ރާގު! ކޮންމެނަފުސެއް މަރުގެރަހަދެކި،،…
ދިހަދުވަސް ޛުލްޙައްޖުމަހު ބަރަކާތްތަކުން ފުރިގެންވެޔޭ
ދިހަދުވަސް ހޯދުން މި ދީނުގެ ހާދައިސްކަމަކަށްވެޔޭ
ސޫރަތުލްފަޖްރުގެ ދެވަނަ އާޔަތުގެ ފުރިހަމަ މާނައިން
ސޫރަވާ މިދުވަސްތަކުގެ މާތްކަންވަކިން ކަށަވަރުވެޔޭ
ފަރުޟުތައް ސުންނަތްތަކާ ދީނުގެ އަދާކުރުމާއެކީ
ވަރުވަރުން ޞަދަޤާތްކުރުން މިކަމުގެތެރޭގައި ހިމެނެޔޭ
ރޯދަހިފުމާ ޒިކުރުކުރުމާ ހެޔޮދުޢާ ކުރުމާއެކީ
ހޯދުމަށް ރުހިވޮޑިގަތުން ދީނުގެ ދަރެސްތަކުގައި ވެޔޭ
އެންމެހައި މައްސަރުތަކުގެ މިދުވަސްތަކަށްވުރެމާބޮޑަށް
އެންމެހައި ހެޔޮޢަމަލުގައި ބަރަކާތްއިތުރުވެވިގެންވެޔޭ
ގިނަގިއިން ތަކްބީރުކިޔުމާ އަދި ސަލާންތައް ގިނަކުރުން
ގިނަވެދާ ހެޔޮދަރުމަޔާއި ސަވާބު އޭގައި ހިމެނެޔޭ
މުސްލިމުންނަށް އައިމި ފާގަތި މޫސުމުގެ މޭވާތަކުން
ހުސްނުވާ "މުއްސަނދިކަމެއް" ހޯދުންމިއީ ހެޔޮގޮތްމެޔޭ

18 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *