ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގައިވެސް ތާރުއަޅާ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް މި މަހުގެ 8 ވަނަ ދުވަހު ތާރުއަޅާ، މަގުގެ ނިޝާންތަކާއި ބައްތިތައް ހަރުކޮށް ވަނީ ނިންމާލާފައެވެ. އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަޙައްދުގައި ތާރުއަޅާފައިވާއިރު، މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްތަކެވެ.
The Malé North Side Boduthakurufaanu Magu Road Project (Phase 1) has reached another major milestone, with Sub-base works and Aggregate Base Course (ABC) now 100% completed.
Asphalt paving for the remaining section of the road is scheduled for full completion on 15th July 2026,… pic.twitter.com/aEPoGFlBfo
— MTCC Plc (@MTCCPlc) July 14, 2026
މި ސަރަޙައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަޙައްދަށް ވުމުން، ޓްރެފިކް މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް ސިލޯން ކުރިމަތީގައި 588 ސައިކަލުގެ ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ދަނީ ބާރަށް ކުރިއަށެވެ.
މާލޭގެ ޓްރެފިކަށް ދާއިމީ ޙައްލެއް ހޯދުމަށް ހިންގާ މި މަޝްރޫޢު ކުރިން ޖޫން މަހަށް ނިންމަން އަމާޒުހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢު އެއްކޮށް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކުރަނީ މި ހިނގާ ޖުލައި މަހުގެ 26 އަށެވެ.


