އިރުވައި މޫސުމާއެކު ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް، ފޮޓޯ: އަލީ ހަސަން، އެފްބީ

"ސުނާމީ ރެޑީ" ސެޓްފިކެޓް ހޯދާ ރާއްޖޭގެ ފުރަތަމަ ރަށަށް ވުމަށް ކުޅުދުއްފުށިން ތައްޔާރުވަނީ

ޔުނެސްކޯއިން ދޫކުރާ ބައިނަލްއަޤުވާމީ "ސުނާމީ ރެޑީ" ސެޓްފިކެޓް ޙާޞިލުކުރާ ރާއްޖޭގެ ފުރަތަމަ ރަށަށް ވުމަށްޓަކައި ކުޅުދުއްފުށި ސިޓީން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. ކާރިސާތަކުން ރައްކާތެރިވުމަށް އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، ކާރިސާގެ ވަގުތު ޢަމަލުކުރާނެ ގޮތާއި ރައްކާތެރި ސަރަޙައްދުތައް އަންގައިދޭ ޗާޓުތައް މިހާރު ދަނީ ހަރުކުރަމުންނެވެ.

މި މަޝްރޫޢުގެ ދަށުން ކާރިސާގެ ވަގުތުގައި މީހުން ހިމާޔަތް ހޯދާނެ މަރުކަޒުތަކެއްގެ ގޮތުގައި އެ ސިޓީގެ މިސްކިތްތަކާއި ސްކޫލްތައް ފަދަ ޢާންމު އިމާރާތްތައް ވަނީ ކަނޑައަޅާފައެވެ. އަދި އިންޒާރުގެ މެސެޖުތައް ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މިސްކިތްތަކުގެ ލައުޑްސްޕީކަރު މެދުވެރިކޮށް އިންޒާރު ދެވޭނެ ޚާއްޞަ ނިޒާމެއް ވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ "ވިލުންވެރި ރާއްޖެ" ލަނޑުދަނޑީގެ ދަށުން، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ސެޓްފިކެޓް ހޯދައިދިނުމެވެ. އެހެންކަމުން ކުޅުދުއްފުށީގައި މި ފެށި މަސައްކަތް ވެގެންދާނީ ރާއްޖޭގެ އެހެން ރަށްތަކަށް ވެސް މިފަދަ ނިޒާމުތައް ޤާއިމުކުރުމަށް ލިބޭ ނަމޫނާއަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ