Vintage colorful flowers design vector

މަނަދޫ އަޒީގެ ޅެންހާރު: ކެތްތެރިކަން-ކާމިޔާބުގެ ސިއްރު

ތިބާޔަށް އެންމެގަދަފަދަ ބާރަކީ ދުނިޔޭންކަމޭ ކެތްތެރި
ތިބާގެ ޙަޔާތުގައި ފެންނާނެ ފޮނިކަމަކީ ވުމޭކެތްތެރި
ކުރާއަޅުކަންތަކާ ހެޔޮޢަމަލުތަކުގައިވެސް ބަލައިލާއިރު
ފުރާފުރިހަމަކަމާއެކުގައި އޮތީފެންނަން ކަމޭކެތްތެރި
ކަމެއްކުރިޔަސް ކުރާ އެކަމެއްގެޒާތުން ކާމިޔާބުކުރަން
ކަމެއްގައި އެންމެބޭނުން އެއްޗަކީ ވީހައިކަމޭކެތްތެރި
ބަލާޔާ އެކި މުސީބާތާ ދިމާވާ ވަގުތުތަކުގައިވެސް
ސަލާމަތްތެރިކަމުގެ އައްޑަޔަކީ ދުނިޔޭން ކަމޭކެތްތެރި
ހިތާމަތަކާއި މޮޅިވެރިކަން ލިބޭއިރު ހިތްޚަލާޞްކޮށްގެން
ތިމާ މާޔޫސްވުމެއްނެތިހުރެ ހިފަންމިއޮތީ ކަމޭކެތްތެރި
ޤަޟާޤަދަރަށް ހިތާ ނަފުސުން ރުހެވިގެންއަންނަ މީހާއަށް
ފަލާޙާ ކާމިޔާބުގެ ސިއްރަކީ ހުރިހައިކަމޭ ކެތްތެރި
ާޢަޞްރު ސޫރަތުގެ ފަހު އާޔަތުތެރޭގައި ތިންކަމެއްވާއިރު
ޢަޞްރު ސޫރަތް ނިމޭތަނުގައިވި ބަސްފުޅަކީ ކަމޭކެތްތެރި
==========********=============
އަޅާކެތްތެރިވުމަށް ޤުރްއާނުގައި ވާރިދުވެފައި އޮތުމުން
އަޅާ ހުރިހައި ޢަމަލުގައި އިސްކުރަންޖެހެނީ ކަމޭކެތްތެރި
4 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *