*ރާގު! އޮތުންމޮޅު ކޮންމެ ވެރިކަމަކަށް.،…
ތިބާވީ ކޮންމެތަނަކުންވެސް ތިބާ ދީނަށް ނަސުރުދޭށޭ
ތިބާޔަށް ވެވުނުހައިގޮތަކުން ތިބާ ދީނަށް ނަސުރުދޭށޭ
ބަހާ ޢަމަލުންވިޔަަސް ތެދުވެރި ވަރުންކުޅަދާނަކަން ލިބިހުރި 2
މާޙާސިންގައި ވެގެންކެތްތެރި ތިބާ ދީނަށް ނަސުރުދޭށޭ
ދިމާ ދީނާޚިލާފަށް އުފެދި ހިނގަމުން އަންނަ ކަންކަމުގައި 2
ޙިމާޔަތުގައި ތެދުވެ ދީނުގެ ތިބާ ދީނަށް ނަސުރުދޭށޭ
ޒަމާނުގެ އޮއިވަރާއެކުގައި އުފެދިދާ ކަންކަމާ ދެކޮޅަށް 2
ސަމާލުވެ ހިތްވަރާއެކުގައި ތިބާ ދީނަށް ނަސުރުދޭށޭ
އިހާނެތިބަސްތަކުން ދީނަށް މަލާމާތް ރައްދުވާހިނދުގައި 2
ނިހާއީ ނުރުހުމާއެކުގައި ތިބާ ދީނަށް ނަސުރުދޭށޭ
އިވޭއަޑަކަށް ސިހުންނުވެހުރެ ގުޑުންނެތް ޢަޒުމްގައި ދެމިހުރެ 2
ދެވޭހަމަލާތަކުން ރެކިހުރެ ތިބާ ދީނަށް ނަސުރުދޭށޭ
ޢަޤީދާ އެންމެގަދަ ޗޭނުން ގަޔާއެއްކޮށް މަހާލައިގެން 2
ޙަޤީޤީ މުސްލިމުންގެސަފުން ތިބާ ދީނަށް ނަސުރުދޭށޭ
ދެފުށްދެގޮތަށް އެހެރަދައްކާ މަނާޒިރު ކުރިމަތިން ފެނިފައި 2
އެފުށްމިފުށަށް ނުލެނބިސީދާ ތިބާ ދީނަށްނަސުރުދޭށޭ
ހިތުގެއީމާނުގައި މަތިވެރި އިތުރު ޖަޒްބާތުގައި ތެދުވެރި 2
މިތުރުނާ އެކުވެގެން އެކުވެރި ތިބާ ދީނަށް ނަސުރުދޭށޭ
ޙަޔާތުގެ އެންމެފަހު ވަގުތާޖެހެންދެން އެއްގޮތެއްގެމަތީ 2
ގަޔާވެ ނިކަން ހިތާރޫޙުން ތިބާ ދީނަށް ނަސުރުދޭށޭ
5 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ


