ވަގު ބޮލި ނުވަތަ ސައިންޓިފިކް ނަމުން ނަމަ Cypraea testudinaria އަކީ ދިވެހި ކަނޑުފަޅުތަކުން ފެންނަ އެންމެ ބޮޑު ބޮލީގެ ބާވަތެވެ. މި ބޮލީގެ ފުރިހަމަ ބޮޑުމިނުގައި ގާތްގަނޑަކަށް 12.5 ސެންޓިމީޓަރު ހުންނަ ކަމަށް ބެލެވެއެވެ.
ގިނަ އެހެން ބޮލިތަކާ ޚިލާފަށް މީގެ ބުރަކަށި ހުންނަނީ ދިގުކޮށެވެ. ބޮލީގެ ބޭރު ފަރާތް މުށި ކުލައެއްގައި ހުންނައިރު، ތިރީ ކައިރީގައި ގަދަ މުށި ކުލައިގެ ލައްތަކެއް ހުރެއެވެ. ބުރަކަށި މަތިން ނުސާފު ހުދު ކުލައިގެ ލައްތަކެއް ފާޅުވާން ހުންނައިރު، ބަނޑުދަށް ހުންނަނީ މުށި ފާޑުގެ ކުލައެއްގައެވެ. އަދި މި ބޮލީގެ ދަތްތައް ހުންނަނީ ވަރަށް ކުދިކޮށް އަދި ހިމުންކޮށެވެ.
ވަގު ބޮއްޔަކީ ރާއްޖޭގެ ކަނޑުފަޅުތަކުން ވަރަށް މަދުން ފެންނަ ތަދު ބޮއްޔަކަށް ވުމުން، މިއީ ގިނަ ދިވެހިން ދަންނަ ބޮއްޔެއް ނޫނެވެ. ނަމަވެސް، ބޮލި އެއްކުރާ ބައެއް ފަރާތްތަކުގެ މެދުގައި މި ބޮލި ބޭނުންކުރެވޭކަން ފާހަގަކޮށްލެވެއެވެ۔


