ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ސްކޫލް ޗުއްޓީއާ ދިމާކޮށް 4,000 އަށްވުރެ ގިނަ ދިވެހިން ޢުމްރާއަށް

ސްކޫލް ބަންދާ ދިމާކޮށް މި ޖުލައި މަހު ރާއްޖެއިން 4,000 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ޙާލުވެސް ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިފަހަކަށް އައިސް ރާއްޖެއިން ޢުމްރާއަށްދާ މީހުންނާއި ގްރޫޕްތަކުގެ އަދަދު އިތުރުވަމުންދާއިރު، ޚާއްޞަކޮށް ސްކޫލް ޗުއްޓީއާއި ރަމަޟާން މަހު ޢުމްރާއަށްދާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. އާންމުގޮތެއްގައި ދިވެހިން ޢުމްރާގެ ދަތުރުތައް ކުރަނީ 2 ހަފްތާގެ މުއްދަތަށެވެ.

ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ހަރުދަނާކޮށްފައިވާއިރު، ކަސްޓަމަރުންގެ އަތުން ނަގާ ފައިސާ ޚަރަދުކުރަންޖެހޭނީ ހަމައެކަނި ޢުމްރާގެ ކަންކަމަށް ކަމަށް އުސޫލުގައިވެއެވެ. އެ ފައިސާ އެހެން ކަމަކަށް ބޭނުންކުރުމާއި އިންވެސްޓްކުރުމަކީ މަނާކަމެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނިގޮތުގައި، ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭގޮތުން ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި ކުންފުނިތަކުން ވެފައިވާ އެއްބަސްވުންތަކާ ޚިލާފްވާ ފަރާތްތަކަށް ޤަވާޢިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ