ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ސްޓޯލްތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިލެއްވުން، ފޮޓޯ: ރައިސް އޮފީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން 350 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ގައި ބައިވެރިވުމަށް އެދި މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އެކްސްޕޯގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

މި މައުރަޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ބާއްވާ ޤައުމީ މައުރަޒެކެވެ.

މައުރަޒާ ގުޅޭ މުހިންމު މަޢުލޫމާތު:

  • ދާއިރާތައް: 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލެވޭނެ.

  • ބައިވެރިވެވޭ ފަރާތްތައް: އުމުރުން 13 އަހަރުން މަތީގެ ދިވެހިން، ވިޔަފާރިތައް، ސަރުކާރު ކުންފުނިތައް، ތަޢުލީމީ މުއައްސަސާތައް، ކައުންސިލްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.

  • ސުންގަޑި: ބައިވެރިވުމުގެ ފުރުޞަތު އޮގަސްޓް 31 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައި (އެޕްލިކޭޝަން ހުށަހަޅާނީ expo.mv މެދުވެރިކޮށް).

  • މައުރަޒު ބާއްވާ ތާރީޚު: އޮކްޓޫބަރު 23 އިން 31 އަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަކީ "އުފެއްދުންތެރިކަމުގެ އަހަރު" ގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ބީސީސީގެ އަމާޒަކީ މިއަހަރުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ މަސައްކަތްތައް މާކެޓުކޮށް އިޝްތިހާރުކުރުމަށް ލިބޭނެ އެންމެ ފަހި ފުރުޞަތަށް ހެދުމެވެ. އެހެންކަމުން އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ