ބޭސް ލިބޭނެ ފާމަސީތައް ފޯނުން ބެލޭނެ ގޮތް ސްޓޭޓް ފާމާއިން ހަދަނީ

ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސްތައް ލިބެން ހުންނަ ފާމަސީތަކާއި އަގުތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލާލެވޭނެ ޚާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހު އިފްތިތާޙު ކުރާނެކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިއީ ބޭސް ލިބެން ހުންނަ ތަންތަން ނޭނގުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ފަރުމާކުރާ ޕޯޓަލްއެކެވެ.

ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް ލިބުމުގެ ދަތިތަކަށް މުޅި ޖުމްލަ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ.

އެގޮތުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި ނިމިފައިވާކަމަށާއި، މި ސިސްޓަމްގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކޮލިޓީ ރަނގަޅު ބޭސް ހުސްނުވެ ލިބޭނެ ގޮތް ކަށަވަރުވެ، ރަށްރަށުގައި ދިގު މުއްދަތަށް ބޭސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ