ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ވިއްސާރަކޮށް ވައި ބާރުވި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ. ނަމަވެސް، ރާއްޖެއާ ތަންކޮޅެއް ދުރުން ބޮޑެތި ބާނީތަކެއް އުފެދި، ދެ ފަރާތުން އަންނަ ބާނީތައް ރާއްޖެއާ ކައިރިވާވަރަކަށް ބޮޑުވަމުންދާތީ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމުގެ ފުރުޞަތު ބޮޑެވެ.

މިގޮތުން، ދިޔަވަރު ބޮޑުވާ ވަގުތުތަކާ ދިމާކޮށް އުދައެރުމުގެ ނުރައްކާ އޮތުމުން، ބަނދަރުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެހެލާފައިވާ ދޯނިފަހަރުގެ އިތުރުން ހިފާގެންގުޅޭ ތަކެއްޗާއި މުދަލަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ