އަމީނީ މަގު މަރާމާތުކުރުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް އެމްޓީސީސީން ކުރަނީ، ފޮޓޯ: އެމްޓީސީސީ

އަމީނީ މަގު މަރާމާތުކުރުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް އެމްޓީސީސީން ކޮށްފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އެ މަސައްކަތުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ ތެރެއިން ކޯ ކަޓިންގގެ މަސައްކަތްތައް ނިންމާލާފައިވާ ކަމަށް އެމްއޭސީސީން ހާމަކޮށްފިއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަމީނީ މަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ލުއިފަސޭހަ މަގުތަކަކަށް ހެދުމެވެ.

ކުރީގެ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަމީނީ މަގުގެ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު މަސައްކަތް މުޅިން ނިންމާލި ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ އަޑިގުޑަންވުމުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ.

ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި މަގު ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު ރަނގަޅަށް ނުހިކެނީސް ދުއްވާ ތަކެއްޗަށް މަގު ހުޅުވާލުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ