ފާރމަސިސްޓުންނަށް ޚާއްޞަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިންގަނީ، ފޮޓޯ: ސްޓޭޓްފާމާ

ފާރމަސިސްޓުންނަށް ޚާއްޞަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިންގަނީ

ފާރމަސިސްޓުންނަށް ޚާއްޞަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، މި ދާއިރާގައި ތަމްރީން ލިބިފައިވާ ދިވެހިން މަދުކަން ފާހަގަކުރެވިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްއާއެކު ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތަކުގައި ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށާއި، ދަސްވެނިވާ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މީގެއިތުރުން، ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މަޢުލޫމާތާއި، އެ ބޭސްތައް ލިބޭނެ ފާމަސީތައް ފަސޭހައިން ބަލާލެވޭނެ ޚާއްޞަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ